ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހޯޕް ކޮންފަރެންސްގެ ނަމުގައި ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.
ފެބްރުއަރީ 2-4 އަށް ދަރުބާރުގޭގައި ކުރިއަށްދާ މި ކޮންފަރެންސް ރަސްމީ ގޮތުން ފެށޭނީ މާދަމާ މެންދުރު 13:30 ގައި ދަރުބާރުގޭގަ އެވެ. އެއަށްފަހު ކުރިއަށްދާނީ ކޮންފަރެންސްގެ ސެޝަންތައް ކަމަށް އެ ކޯލިޝަނުން ބުންޏވެެ.
އެ ކޯލިޝަނުން ބުނީ ހުކުރު ދުވަހު ހަވީރު 15:45ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ "ބުންވަރު ހިނގާލުން" ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
ހުކުރު ދުވަހުގެ ރޭ އަދި ހޮނިހިރު ދުވަހު ކުރިއަށްދާނީ ކޮންފަރެންސްގެ ސެޝަންތަކެވެ. ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހު ރޭގަނޑު 20:30 ގައި އާޓިފިޝަލް ބީޗްގަ އެވެ.
އެ ކޮންފަރެންސްގައި ބައިވެރިވުމަށް 1000 އަށްވުރެ ގިނަ މަންދޫބުން ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދާއިރާ ރައީސުންނާއި ދާއިރާ ނައިބު ރައީސުންނާއި ޒުވާނުންގެ ރައީސުންނާއި އަންހެނުންގެ ރައީސުންނާއިސެނެޓަރުންނާއި ކައުންސިލަރުންގެ އިތުރުން ޑަބްލިއުޑީސީ ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނެވެ.