ދިރާގުގެ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ދެވަނަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތު ނެގުމަށް ބާއްވާ ހާއްސަ އިވެންޓް އަންނަ ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި ބާއްވާނެކަމަށް ދިރާގުން އިއުލާނުކޮށްފި އެވެ.

މި އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 04:00ގައެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ މި އިވެންޓް ކުރިއަށްދާނީ މިއުޒިކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު އާއިލާއާއި ރައްޓެހިންނާއެކު ބައިވެރިވެވޭގޮތަށެވެ. އެހެންކަމުން، މި ހާއްސަ އިވެންޓްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ އެންމެން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދުކޮށްލުމަކީ ދިރާގުގެ ވަރަށް ބޮޑު އެދުމެކެވެ.

މި ޕްރޮމޯޝަންގެ ދެ ވަނަ ނަސީބުވެރިއާއަށް ވެސް ދިރާގުން ދިނުމަށް ކަނޑައަޅައިފައިވާ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް ލިބޭނެ އެވެ. މި ހިތްގައިމު ސްޕީޑްބޯޓަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓެކެވެ. އަދި، މި އުޅަނދުގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވެ އެވެ.

ދިރާގުން ދޭ ދެވަނަ ސްޕީޑްބޯޓް ލިބިގެންދާނީ 31 މާޗުގެ ކުރިން މި ޕްރޮމޯޝަންގައި އެންރޯލްކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން 30 ޖޫންގެ ނިޔަލަށް ލަކީ ޑްރޯގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކޮށްގެން ބައިވެރިވި ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލް ދައްކައިގެން ބައިވެރިވި ކަސްޓަމަރުން އަދި ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންގެ ތެރެއިން މި ޕްރޮމޯޝަނަށް އެންރޯލްކޮށްފައިވާ ކަސްޓަމަރުންނެވެ.

މީގެ އިތުރުން، ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި ދިރާގުޕޭ އަށް ރަޖިސްޓަރީކޮށްގެން ތިބި ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރި ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނަށް އެންރޯލްކޮށް މި އަގުހުރި އިނާމް ހާސިލުކުރުމުގެ ފުރުސަތު އިތުރުކޮށްލުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

ދިރާގުން ދަނީ މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.