ބ. ކެޔޮދޫ ކިޔާ ފަޅު ރަށެއްގައި ވެލާތަކެއް ހިފައި، އެ އެއްޗެހި މަރާލި ބަޔަކު އަތުލައިގެންފި އެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ. އަތޮޅު ބަޔޮސްފިއާ ރިސާވް އޮފީހާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އަތުލައިގަތީ ބ. އަތޮޅު ރަށަކަށް ނިސްބަތްވާ ބައެއް ކަމަށްވެ އެވެ.
މިކަމުގައި 12 ވަރަކަށް މީހުން އުޅުނުކަމަށް ފުލުހުންނާ ހަވާލާދީ ބ. އަތޮޅު ބަޔޮސްފިއާ ރިސާވް އޮފީހުން ބުނެ އެވެ.
އެ އޮފީހުން ބުނީ ކެޔޮދުއަށް ދިޔައިރު ވެލާތައް މަރާލާފައިވާ ސަރަހައްދުގައި ސަތަރި ގަނޑެއްމަތީގައި ހަ ވެލާގެ ތޮށިގަނޑު އޮތް ކަމަށެވެ. އަދި މި ހުރިހާ ވެލައެއް ވެސް އޮތީ މަރާލައި، އޭގެ މަސްތަކާއި ވެލާ ކުނޑި ހޭނުމަށް ބޭނުންކުރާ އޭގެ ބަނޑުގައި ހުންނަ ސަރުބީތައް ވެސް ނަގައި ފުޅިމަދު ފޮށިތަކަށް އަޅާފައިވާ ކަމަށް ބަޔޮސްފިއާ ރިސާވް އޮފީހުން ބުނެ އެވެ. އޭގެ އިތުރުން ބައެއް ސަރުބީތައް ކައްކާ ކުނޑި ހާނާފައި ހުރި ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހަ ފުޅިމަދު ފޮށިގަނޑުގައި ވެލާގެ އެކި އެކި ބާވަތްތައް އަޅާފައި ހުއްޓެވެ. އަދި ދެ ހަންބުރީގައި ވެސް އޭގެ ސާމާނު ހުރިތަން ވެސް އެ ފޮޓޯތަކުން ފެނެ އެވެ. މީގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ބައެއް ސާމާނާއި ވެލާ ފެޅުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅިތައް ވެސް އެތަނުގައި ހުއްޓެވެ.
ބަޔޮސްފިއާ ރިސާވް އޮފީހުން ބުނީ މީ މިހާތަނަށް ބ. އަތޮޅުގައި މިފަދަ ކަމެއް ކުރި ބަޔަކު އަތުލައިގަތް ފުރަތަމަ ފަހަރެވެ. މިމައްސަލަ ފުލުހުން ވެސް އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ދިވެހިރާއްޖޭގެ ވެލާއި ކަހަނބަކީ ނެތިދިޔުމުގެ ނުރައްކަލުގައިވާ ދިރުމެއްކަމަށް އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާސް (އައި.ޔޫ.ސީ.އެން(އިން ކަނޑައަޅާފައިވާ ދިރުމެކެވެ. ވެލާއި ކަހަނބު ހިމާޔަތްކޮށްފައި ވަނީ "ގުދުރަތީ ގޮތުގައި ނުވަތަ ތަބައީ ގޮތުގައި ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ގަވާއިދު" އަދި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުންނެވެ.
އެގޮތުން ވެލާ ބިސް ވިއްކުން 1996 ވަނަ އަހަރުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އަދި 2006 ވަނަ އަހަރު ވެލާއި ކަހަނބު އެންމެ ގިނައިން ބިސްއަޅާ ކަމަށް ފާހަގަކުރެވިފައިވާ 14 ރަށަކުން ބިސްނެގުން ގާނޫނީ ގޮތުން މަނާކޮށްފައިވެ އެވެ. އަދި 2016 ވަނަ އަހަރު ވެލާ ކަހަނބާއި އޭގެ ބިސްތައް ފުރިހަމައަށް ހިމާޔަތްކުރި އެވެ.
ބާައަތޮޅު މީހުން ވެލާ ހިފައިގެން ކާކަން ސިފައިންނައް ވެސް ނޭންގިއެއް ނޮންނާނެ. ވީއިރު މިހާރު ކޮންވެލައެކޭ ކިޔާކައް