ވ. އަތޮޅުގެ ވެމްޕަރު ފަޅު ބޭރު ކަނޑުން މަރުވެފައި އޮއްވައި މީހާގެ ހަށިގަނޑުުގެ ސާމްޕަލް ނަގައިފި އެވެ.

ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ ރިޕޯޓު ކުރީ ޖެނުވަރީ މަހުގެ ދެވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

އެ ހަށިގަނޑު ފުލުހުންގެ ލޯންޗަށް ނަގައި ގެންގޮސްފައިވާއިރު، ކަނޑުން ނަގާފައިވާ ހަށިގަނޑަކީީ އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ، އެއިދާރާގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް އެ ހަށިގަނޑުން މިހާރު ނަގާފައިވާކަމަށެވެ. އަދި ސާމްޕަލް ނެގުމަށްފަހު ހަށިގަނޑު ވަޅުލާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ހަށިގަނޑު ފެނުނު އިރު، ހަށިގަނޑަށް އެއްވެސް އަނިޔާއެއް ވެފައިކަމެއް ނުވަތަ ހަށިގަނޑުގެ ހާލަތު ފުލުހުން ބުނެފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.