ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުގެ މަގާމު އުވާލަން ނިންމި ނިންމުން ފާހެއް ނުވި އެވެ.

ޖޭޕީން ބާއްވާ ކޮންގްރެސްގައި އެ ޕާޓީ ހިންގާ ގަވާއިދު އިސްލާހު ކުރުމުގެ އިތުރުން އެ ޕާޓީގެ ކައުންސިލަށް ބޭފުޅުން ހޮވުން ކުރިއަށްދާނެ އެވެ. އަދި އެއަށްފަހު އާ ކައުންސިލުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަލުކުރާނެ ގޮތެއް ވެސް ނިންމާނެ އެވެ.

އެގޮތުން މިމަހުގެ 25، އާއި 24 ވަނަ ދުވަހު ބާއްވާ ކޮންގްރެސްގައި ޕާޓީގެ ލީޑަރުގެ މަގާމު އުވާލަން ހުށަހަޅަން ފެނޭތޯ އެހުމުން އެގޮތަށް ފާހެއް ނުވި އެވެ. ނަމަވެސް ކައުންސިލުން މިފަދައިން ނިންމި ސަބަބައެއް އެނގިފައެއް ނުވެ އެވެ.

އެ ޕާޓީ އުފެދުނިއްސުރެ، ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގައި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. ޖޭޕީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ އޭރަކު އެ ޕާޓީގައި ހުންނަ ލީޑަރެކެވެ.

ޖުމްހޫރީ ޕާޓީ އަކީ ރާއްޖޭގައި މިވަގުތު ތިންވަނައަށް އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ އެވެ. ސަރުކާރު ކޯލިޝަންގައި މި ޕާޓީ ހިމެނޭއިރު، މި ޕާޓީއަށް ވަނީ ސަރުކާރުގެ ގިނަ މަގާމްތަކެއް ލިބިފަ އެވެ.