ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަންގެ މައި މަރުކަޒަކަށް ދަރުބާރުގެ ހަމަޖައްސައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބުގައި އިންތިހާބުގެ ކަންކަމަށް އިލެކްޝަންސް ކޮމިޝަންގެ މައި މަރުކަޒަކަށް ދަރުބާރުގެ ޕްލޭނިންގ މިނިސްޓްރީން ދީފައިވާ ކަމަށެވެ.
އެގޮތުން އިންތިހާބާއި ގުޅުން ހުރި މަސައްކަތްތައް ދަރުބާރުގޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި އެތަނަށް އެއްވެސް މަރާމާތެއް ކުރަންޖެހޭނަމަ އެމަސައްކަތް މިމަސް ތެރޭގައި ނިންމާ، އަންނަ މަހު 25 ގައި އިެލްކޝަނަށް ތައްޔާރުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.
މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިންތިހާބާއި ގުޅޭ ކަންކަން ކުރަމުން އައީ ކުރީގެ ޖަމާލުއްދީން ނުވަތަ ބާ ޖަމާލުއްދޫނިގައި އެވެ. އެހެން ނަމަވެސް އެތަން ބާވުމުގެ ސަބަބުން އެތަން މިހާރު ވަނީ ތަޅާލާފައި އެވެ. އަދި އެތަނުގައި މިހާރު އަރަބިއްޔާ ސުކޫލް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.