މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ސ. ހުޅުދޫ، ސަނީ ލޮޖް، އަލީ އާރިފް ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި އާރިފް އާއި އޭނާގެ އާއިލާއާ ވަނީ ގުޅިފައި ކަމަށެވެ. މިއަދު ހަވީރުގެ ވަގުތެއްގައި އޭނާ ވަނީ މާލެ އައިސްފައި ކަމަށާއި ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަލީ އާރިފް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ފެބުރުއަރީ 16 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ. އޭނާއަކީ ކަންނެލި މަސްވެރިކަމަށް ގޮސް އުޅޭ މީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.
މިހާ ގިނަ ދުވަހު އޭނާ ހުރީ ކޮންތާކު ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފަހަކަށް އައިސް މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.
އަންހެން ތަރިންނަށް ތަފާތު ކުރުންތަކާ ކުރިމަތިލާން ޖެހޭ: ކްރިތީ
އޮލިމްޕިކްސްގައި އެއް ޓީމެއް، ވޯލްޑް ކަޕްގައި 4 ޓީމު!
"ޑޮލަރުގެ ދަތިކަން ގުޅިފައިވަނީ ނަޝީދާއި ސޯލިހުގެ ސިޔާސަތުތަކާ"

ހުޅުދޫ ގިނަ މީހުންނަށް ތީނަ އެގޭނީ ދީނި އައްލާއޭ ކީމަ!