ވިލިމާލޭގައި މާލޭ ސިޓީ ކައުންސިލުން ދޭން ނިންމާފައިވާ ބަގީގެ ޚިދުމަތް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ފަށަން ނިންމައިފި އެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށްއޮތް ރަމަޟާން މަހާއި ފިތުރު ޢީދުގެ ދުވަސްތައް ނިމެންދެން ބަގީގެ ޚިދުމަތް ހިލޭ ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޕްރައިވެޓް ހަޔާ ކަމުގައިވާނަމަ ފައިސާ ނަގާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
ވިލިމާލޭ ރައްޔިތުން އެދުނުގޮތަށް މުދާ އުފުލާ ބަގީ އާއި އެމްބިއުލާންސް ބަގީގެ ހިދުމަތް ވެސް ދޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ބަގީގެ އަގުތައް
4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ
މީގެއިތުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓްރީ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ދަ ކެރެލާ ސްޓޯރީ 2: އާ ވާހަކައަކާއެކު މުޅިން އާ މޫނުތަކެއް!
އަލިފާނުގައި ހިޔާގެ ފަސް ވަނަ ޓަވަރުގެ ފާހާނާ ހޮޅި ހަލާކުވެއްޖެ
ކުޑަކުދިން ހައިޟުވާ އުމުރު އަވަސްވަނީ މިހެންވެ!
