އޮސްޓްރޭލިއާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ރެބެލް ވިލްސަން އާދީއްތަ ދުވަހު އޮތް 95 ވަނަ އޮސްކާ އެކަޑަމީ އެވޯޑަށް ދިޔައީ ރަން ކުލައިގެ ވިދާ ފޮތީގެ ދިގު ހެދުމެއްގަ އެވެ.

އެރޭ އޭނާ ލައިގެން ހުރި ހެދުމަކީ ހާއްސަ ހެދުމެއް ކަން ފާހަގަ ކުރާކަށް މީޑިއާތަކަށް މާ ގިނަ އިރެއް ނުނަގަ އެވެ. މީގެ ތިން އަހަރު ކުރިން 2020 ވަނަ އަހަރު ވެސް ހަމަ އެހަފްލާގައި ރެބެލް ބޭނުންކުރީ ހަމަ އެ ހެދުމެވެ.

ހަމަ އެކަނި ތަފާތަކަށް ވީ ރެބެލްގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލެެވެ. އޭރުގެ ފޮޓޯތަކާއި މިހާރުގެ ފޮޓޯތައް އަޅާކިޔާލުމުން އެކަން ވަރަށް ރަނގަޅަށް ފާހަގަވާނެ އެވެ.

2020 ވަނަ އަހަރު ރެބެލް އެ ހެދުމުގައި ފެނުނުއިރު އޭނާ ސިއްހަތަށް ދޭ ސަމާލުކަން ވަރަށް ކުޑަ އެވެ. އެހެން ނަމަވެސް ފާއިތުވި ތިން އަހަރުގެ ތެރޭގައި ރެބެލް ވަނީ ކެއުމާއި ކަސްރަތަށް ބަދަލު ގެނެސްގެން އޭނާ ވަނީ 80 ޕައުންޑް ލުއި ކޮށްފަ އެވެ.

އޭރު ވެސް އެހެދުމުގައި އޭނާ ރީތި ކަމަށާއި އެހެން ނަމަވެސް ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލާއެކު ކުރިއަށްވުރެ ވެސް އޭނާ ރީތިކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.