ހެންވޭރު ގެއްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އޮފީހެއް ފަޅާލައިގެން ވަގަށް ނެގި ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން، ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައި، މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ފިހާރަ ފަޅާލައިގެން ވައްކަންކުރި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 43 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ މީހާ ހައްޔަރުކޮށް އޭނާ ދިރިއުޅު ތަން ބަލައި ފާސްކުރުމުން އެތަނުން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ތުރުކީން ނެރެފި
އަސްލު އަގަށްވުރެ ބޮޑުކޮށް އޭސީ ހަރުކުރަން އެސްޓާސްއަށް
އަސަދުﷲގެ ކުންފުންޏަށް ވެސް 87.3 މިލިއަންގެ މަޝްރޫއު ބަހާލާފައިވޭ
