ގއ. ކަނޑުހުޅުދޫގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ 24 އަހަރުގެ ފިރިހެނަކު ފަތިހު 4:25 ހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.
އާއިލާ މީހުންނާ އެކު ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ސައިކަލާއެކު ރަށުގެ ފަޅުތެރޭ މޫދުން އޭނާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
ބީއެމްއެލް އާއި މާސްޓަ ކާޑު ގުޅިގެން 100،000ރ. ލިބޭ ޕްރޮމޯޝަނެއް
މެކްސިކޯ ކަޓުވާލައި، އިންގްލެންޑް ކުއާޓާ އަށް
ފެން ނުބޯނަމަ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް!
