މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީ އެމްބިއުލާންސަކާއި މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި ބައް މީހުންނަށް އަނިޔާވެއްޖެ އަނިޔާވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ ލޯންޗުގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެކްސިޑެންޓް ހިނގާފައިވަނީ މާލެ އަތޮޅު އިތާފުށި ރިސޯޓް ކައިރިން ކަމަށާއި އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 1:00 ހާއިރު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ސީ އެމްބިއުލާންސް އިން ދަތުރުކުރި އަށް މީހުންގެ ތެރެއިން ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އަދި އަނެއް ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން، ކެޕްޓަނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމަށްޓަކައި ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓި ކުއްޖަކު ނިޔާވެއްޖެ
ބީއެމްއެލްގެ ހައުސިން މަޝްރޫއަށް 710 ޔުނިޓް އިތުރުކުރަނީ
އެމްއެސްއެމްއީ ދުވަސް ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް
