އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓައި ފިލި މީހާ ހައްޔަރުކޮށްފި އެވެ.

ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓައި ފިލާފައި ވަނީ އއ. ހިމަންދޫ، ދަނބުގެ، ހުސައިން ޝަހްބާން،25، އެވެ.

އޭނާ ހޯދުމަށް ފޮޓޯއާއެކު ފުލުހުން މިއަދު އިއުލާންކުރި އެވެ.

ފުލުހުން ބުނީ ޝަހުބާން ފެނުނީ 18:35 އެހައިކަންހާއިރު ރަސްދޫއާ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށާއި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާ ހޯދުމުގައި އެހީތެރިވެދިން އެންމެނަށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފަ އެވެ.