ފުވައްމުލަކު ޒުވާނަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ޏ. ފުވައްމުލައް، ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް،30، ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި ނުވަ ވަނަ ދުވަހުގެ ރޭ ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން. ކަމަށެވެ.
އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ މެއި ހަތް ވަނަ ދުވަހުކަމާއި އޭނާ މާލޭގައި ހުރިކަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ކުރި ޓްވީޓްގައިވެ އެވެ.
ހަސަން ޖަމީލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަންގެ 9792803 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ކުނި ބަރުކޮށްގެން ދިޔަ ޕިކަޕެއް ފުރޮޅާލައިފި
2.3 މިލިއަނަށް ވިއްކާ ފްލެޓްތަކެއް ހުޅުމާލޭގައި އަޅަނީ
މިސައިލްތަކާ ބެހޭގޮތުން ޓްރަމްޕް ކުރި ދައުވާއަށް ތާއީދެއް ނެތް
