ފ. ފިލިތެޔޮ ރިސޯޓް ކައިރީ ކަނޑުގައި ފައްތާފައި ހުއްޓާ މިދިޔަ ބުރާސްފަތި ދުވަހު ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ހުރީ 45 ކިލޯގެ ހެރޮއިން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ބުނީ އެ މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށެވެ. އެ ޑްރަގް ރާއްޖެ އެތެރެކުރި ބަޔަކު އަދި ހޯދިފައެއް ނުވެ އެވެ.
އެ މަސްތުވާތަކެތި ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މަސްވެރިންތަކެކެވެ.
ބެލެވޭގޮތުގައި އެ މަސްތުވާތަކެއްޗަކީ ބޭރުގެ ޑްރަގް ނެޓްވޯކަކާ ގުޅިގެން ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެއްޗެވެ. ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަނީ ކަނޑުމަގުންނެވެ.
ފަހު ވަގުތު ޕޯޗުގަލް ބަލިކޮށް ސްޕެއިން ކުއާޓާއަށް
ޓެކްސް ކޮމިޝަނަރުގެ މަގާމަށް ދެ ބޭފުޅެއްގެ ނަން މަޖިލީހަށް
ސްރީލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 20 މީހުން މަރު
