އަބަދުވެސް ހުންނވާނީ ރައީސް ޔާމީނަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައި ކަމަށާ ރައީސް އަބްދުﷲ ޔާމީން އާ ދެކޮޅު ކެންޑިޑޭޓަކަށް ވުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ކުރާ ތުހުމަތުތައް ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފި އެވެ.
ރައީސް ޔާމީންއަށް ކުރިމަތި ނުލެވޭ ހާލަތެއްގައި އިދިކޮޅު ކެންޑިޑޭޓަކަށް ވުމަށް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާ އެކަމަށް ޕީޕީއެމްތެރޭ މުއިއްޒު ކެމްޕެއިން ވެސް ކުރައްވަމުން ގެންދަވާ ވާހަކަތައް ދޮގުކުރައްވާ މުއިއްޒު މިރޭ ވަނީ މީޑިއާތަކަށް ހާއްސަ މެސެޖެއް ދެއްވާފަ އެވެ.
މުއިއްޒު ވިދާޅުވީ އޭނާއާ ގުޅޭގޮތުން އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ފަތުރަމުން ގެންދާތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށާއި ނަމަވެސް އެކަން ކަމަށް މާބޮޑު ސަމާލުކަމެއް ނުދެއްވާ ކަމަށެވެ.
އެ ތުހުމަތުތަކާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީންއަށް ތާއީދުކުރަން ފެށީ މިއަދު ނޫން ކަމަށާއި އެންމެ ކުރިންސުރެ ހުންނެވީ ރައީސް ޔާމީންގެ ފަހަތުގައި ކަމަށެވެ. އަދި ސަޕޯޓް ކުރަނީ ވެސް ރައީސް ޔާމީނަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް އަންޑިވައިޑެޑް ސަޕޯޓް. ލޯޔަލިޓީ އަބަދުވެސް ރައީސް ޔާމީނަށް އޮންނާނެ. ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން ފެންނަ ކެބިނެޓް ވަޒީރުންނާއި އިސްވެރިންގެ ތެރެއިން އަޅުގަނޑަށް ވަރަށް ކަމުދާ ޝަހްސިއްޔަތެއްގެ ގޮތުގަ އޭރުގައި ޔާމީން އަޅުގަނޑަށް ފާހަގަ ވެގެން ދިޔައީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ޔާމިން މިނިވަންކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ހުއްޓުމެއް ނެތި ކުރައްވާނެ ކަމަށާއި ރައީސް ޔާމީން ޖަލުގައި އޮންނަވަނީ އިންސާފުން ނޫން ކަމަށެވެ. އަދި މި ގައުމަށް މިއަދު ވެސް ބޭނުން ވަނީ ރައީސް ޔާމީން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީ ވަރަށް ބޯ ރަގަޅު ބޭފުޅެކެވެ. މީނަގެ ހީލަތާއި މަކަރުވެރިކަން ޔާމީނަށް ވުރެން އަދި ޕީޕީއެމްގައި މިތިބަ "ލީޑަރުން" ނަށް ވުރެން މާ ބޮޑުވާނެއެވެ. ޔާމީނު ނެތް ތަނެއްގައި ކެންޑިޑެސީ ނޫނީ ހުރިއްޔާ ރަނިންގމޭޓްކަން ދަމައި ގަންނާނެއެވެ. ބަލަންތިބޭށެވެ.