ދޫނިދޫ އާއި ފުނަދުއާ ދޭތެރޭ ކަނޑުމަތިން، މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ފެނިއްޖެ އެވެ.

ފުލުހުން މިއަދު ހެނދުނު 10:22 ގައި މީޑީއާތަކަށް ފޮނުވި މެސެއްޖެއްގައި ބުނެފައިވަނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ކަނޑުމަތިން ފެނިގެން ފުލުހުން ހަރަކާތެރިވަމުން އަންނަ ކަމަށެވެ. މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވަނީ ދޫނިދޫ އާއި ފުނަދުއާ ދޭތެރޭ ކަނޑުމަތިން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހިއްސާއެއް ނުކުރެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުން އެއީ ފިރިހެނެއްގެ ހަށިގަނޑެވެ. އަދި އޭނާ އޮތީ ބަރަހަނާ ހާލުގަ އެވެ.