ރައީސް އޮފީހުގެ ނެޝަނަލް ސެކިއުރިޓީއާ ބެހޭ ޑެޕިއުޓީ އެޑްވައިޒަރުގެ މަގާމަށް ރިޓަޔާޑް މޭޖާ ޖެނެރަލް ހާމިދު ޝަފީގު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން ހާމިދު ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ޑެޕިއުޓީ އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރެއްވީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.

ޑެޕިއުޓީ މިނިސްޓަރުންނަށް މުސާރައިގެ ގޮތުގައި 20،000ރ. އަދި 15،000ރ. ގެ އެލަވަންސާއެކު 35،000ރ. ލިބިވަޑައިގަންނަވަ އެވެ.

އެމްއެންޑީއެފްއަށް 33 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު ސިފައިންގެ ވަޒީފާއިން ހާމިދު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ.

ހާމިދު ވަނީ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްކަން ވެސް ކުރައްވައިފަ އެވެ.