ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީގެ ފަރާތުން ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވާ އަހްމަދު އަޒާންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފި އެވެ.
އީސީއަށް އަޒާން ފޯމު ހުށަހަޅާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފޯމު ހުށަހެޅިތަނަށް އަޒާންއަށް ތާއީދު ކުރާ ހިތަދޫ މެދު ދާއިރާގެ ގިނަ ބަޔަކު ގޮސްފައިވެ އެވެ.
އަޒާންގެ އިތުރުން ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރާނެކަމަށް މިހާތަނަށް އިއުލާނުކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝުއާއު އާއި ޑިމޮކްރެޓްސްގެ ފަރާތުން މިހާރުގެވެސް ރައްޔިތުން މަޖިލީހުގެ އެ ދާއިރާގެ މެންބަރު އަހްމަދު ރަޝީދެވެ.
އަޒާނަކީ މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީން ވާދަކުރައްވާ އެންމެ ޒުވާން ކެންޑިޑޭޓެވެ. އޭނާ ވަނީ އަޒަރުބައިޖާން ޑިޕްލޮމެޓިކް އެކަޑަމީއިން އިންޓަނޭޝަނަލް ރިލެޝަންސްއިން ޑިގްރީ ހާސިލްކޮށްފަ އެވެ.
ސްރީލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 20 މީހުން މަރު
ސިވިލް ކޯޓު ގާޒީ ކަމަށް 42 މީހަކު ކުރިމަތިލައިފި
ޕްރިންސް ޖޯޖްގެ އިސްކޮޅުން އެންމެން ހައިރާން ކޮށްލައިފި
