ށ. ފަރުކޮޅުން ގާތްގަނޑަކަށް 10 ފޫޓުގެ ކިނބުލެއް ހިފައިފި އެވެެ.
މި ކިނބުލު ހިފާފައި ވަނީ އެރަށަށް ޕިކްނިކް ގޮސް އުޅުނު ބަޔަކަށެވެ. އެ ކިނބޫ ހިފި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ގަސްގަނޑެއްގެ ކައިރީގައި ބަޔަކު ގުދަށް ތިބެފައި، ކުއްލިއަކަށް ހަޅޭއް ލަވައިގަނެފައި ދުއްވައިގަންނަ މަންޒަރެވެ. ދެން ފެންނަނީ އެ ކިނބޫ އެތަނުން ނިކުމެގެން ބާރު ދުވެލީގައި ވިލު ތެރެއަށް ފީނައިގަންނަ ތަނެވެ.
ފުނަދޫން ވާހަކަދެއްކި މީހަކު ބުނީ އެ ކިނބޫ ހިފީ އެރަށަށް ޕިކްނިކް ދިޔަ ބަޔަކަށް ކަމަށެވެ.
މީގެކުރިން ދ. ކަނޑިންމަ ރިސޯޓުން ފެނުނު ކިނބުލެއް ސިފައިން ގޮސް ވަނީ ހިފައިފަ އެވެ.
ޑައިވިންއަށް ދިޔަ އިޓަލީގެ އެކަކު މަރުވެ، އިތުރު 4 މީހަކު ހޯދަނީ
އެންޖެލީނާއާ ބައްދަލު ކުރަން އޭނާގެ ބައްޕަ އާދޭސް ކުރަނީ!
