މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި ވޯޓު ލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުއާދު ވިދާޅުވީ މާދަމާ ހެނދުނު 8:00 ގައި ވޯޓުލުން ފަށާނެ ކަމަށެވެ.
ފުއާދު ވިދާޅުވީ އެ ކޮމިޝަނުން ނިންމާފައިވާ ގޮތަށް 5:30 ގެ ފަހުން އެއްވެސް ސަބަބަކާ ހުރެ ވޯޓު ލާ ވަގުތު އިތުރު ނުކުރާނެ ކަމަށެވެ. އެހެންކަމުން ގަޑިއަށް ސަމާލުކަންދީ ވޯޓު ދިނުމުގެ ހައްގުގެ ބޭނުން ހިފަން އޭނާ އިލްތިމާސް ކުރެއްވި އެވެ.
ވޯޓު ލާ ވަގުތު އިތުރު ނުކުރިޔަސް ކިއޫ އަށް އަރާ މީހުންނަށް ވޯޓު ލާން ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އެކޭ އެއްގޮތަށް ރާއްޖެއިން ބޭރުގައި ވެސް ވޯޓު ލުމުގެ ހުރިހާ އިންތިޒާމްތަކެއް ނިމިފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ.
މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 284،337 މީހަކަށް ލިބިގެންވާއިރު. އޭގެތެރޭގައި ހިމެނެނީ139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.
އެންމެ ބޮޑު ހަތަރު އެއާލައިން އާ ޓާމިނަލަށް ބަދަލު ނުވެ ލަސްވަނީ
ރައީސްގެ ތައުޒިޔާ ލަންކާއަށް، 'ދިވެހިން މިތިބީ ލަންކާއާއެކު'
އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ފޭސް3 ގެ ބިން ހިއްކަނީ
