ބަނޑޭރި ކޮށީގައި ހުންނަ މީހުން ނޫޅޭ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ އޮޓޮޕްސީ ހަދަން ނިންމައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްގެންދިޔުމަށްޓަކައި މަރުވި މީހާގެ އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެތަނުން ފެނުނީ ފިރިހެނެއް ކަމަށާއި އެތަނުގައި މީހުން ނޫޅޭ ކަމަށެވެ.
މިއީ ކޮން ގައުމެއްގެ މީހެއްކަމެއް އަދި ސާފެއް ނުވެ އެވެ.
އެ މީހާގެ ހަށިގަނޑުގެ އިތުރު ތަހުލީލުތަކެއް ހެދުމަށް މިހާރު ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފަ އެވެ.
ޝިފާން ވިދާޅުވީ ތަހުގީގު ކުރިއަށްދާތީ އެ މައްސަލައިގެ އިތުރު މައުލޫމާތު މިވަގުތު ހިއްސާކުރެވެން ނެތް ކަމަށެވެ.
ސުވާލާއި ޖަވާބު: ނިދާ ހެދުމުގައި ނަމާދު ކުރެވިދާނެތަ؟
ލަންކާގައި ބުޅަލުން ޖެހޭ ބައްޔެއް ފެތުރެނީ
ގާޒާ އާރާސްތު ކުރަން އެހީވުމަށް ފީފާ އާއި ބީއޯޕީ އެއްބަސްވެއްޖެ
