ކެނޯއެއްގައި މޫދަށް ނިކުމެ އުޅުނިކޮށް ގެއްލުނު ބިދޭސީ މީހާ ހޯދަން އާމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިރޭ ވަނީ އޭނާ ދަތުރުކުރި ކެނޯގެ ފޮޓޯއެއް އާންމުކޮށްފަ އެވެ.

ފުލުހުން ވަނީ ގެއްލިގެން ހޯދަމުންދާ މީހާ އަދި އެ ކެނޯ ފެނިއްޖެނަމަ، އެ މައުލޫމާތު ފުލުހުންގެ މައި އިދާރާއަށް ނުވަތަ ގދ. ތިނަދޫ ޕޮލިސްސްޓޭޝަނާ ހިއްސާކޮށްދިނުމަށް އެދިފަ އެވެ.

ފުލުހުން ބުނެފައި ވަނީ މީހަކު ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ ރަފެލްސް މޯލްޑިވްސް ރިސޯޓުން ކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ އެ ރިސޯޓް ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހެއް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު މެންދުރު ފަހު 3:30 ހާއިރު އެވެ. ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.