އުމުރުން 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހަކު ފިލައިގެން އުޅޭތީ އެމީހާ ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ނޯތު ޕޮލިހަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ އުޅެނީ ފިލައިގެންނެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން ހޯދަން އިއުލާންކޮށްފައި ވަނީ ނ. މިލަދޫ / މީޒާން، އަހްމަދު ވިއާމް (27އ) އެވެ.
ރަންވީރުގެ "ދުރަންދަރް" ބޮލީވުޑްގެ ގަދަ 10 އަށް!
ކާރު އެކްސިޑެންޓެއްގައި ނޯރާއަށް އަނިޔާ ވެއްޖެ
އަންހެނުންނަށް މާ ގިނައިން ނިދި ބޭނުންވޭ: ދިރާސާ