ސިނަމާލެ ބްރިޖް ކައިރިން އޮޔާ ދަނިކޮށް ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފި އެވެ.

އައިޖީއެމްއެޗްއާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށާއި، އެއީ އަންހެނެއް ކަމަށެވެ. އެ އަންހެން މީހާ އޮޔާ ދަނިކޮށް ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މެންދުރު 12:35 އެހާކަން ހާއިރު ކަމަށްވެ އެވެ.

މިއަދު މެންދުރު ހިނގި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާއިރު، މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއްކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.