ރާއްޖޭގައި އުޅޭ ކޮތަރުގެ ތިން ބާވަތެއް ހިމެނޭހެން 104 ވައްތަރެއްގެ ދޫނި ހިމާޔަތްކޮށް، މިއަދުން ފެށިގެން އެ ބާވަތްތަކުގެ ދޫނި ހިފުމާއި ގެންގުޅުން މަނާކޮށްފި އެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ކޮތަރުގެ އިރުތުން ރާބޮންޖާއި. މާދޫނި، ބޮނޑަނަ، ފިނދަަނަ، ކިރުދޫނި، ބާޒުގެ އިތުރުން ބަކަމޫނު ހިމާޔަތްކޮށްފަ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ، އެތަކެތި ހިމާޔަތްކުރަން ނިންމީ ރާއްޖެއަކީ އެ ދޫނިތައް ހިޖުރަކުރާ ވަގުތީ މަންޒިލެއް ކަމަށްވުމުންނެވެ.
މިއާއެކު، މީގެ ފަހުން އެބާބަތުގެ ދޫނިތައް ނިދަން އަރާ ހާލިތަކަށް ގެއްލުންދިނުމަކީ މަނާކަމެކެވެ. އަދި އަދި މިދޫނިތައް ހިފުމާއި، ގެންގުޅުމާއި އަދި އެއްވެސް ގެއްލުމެއް ދިނުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީން ބުނެޏެވެ.
އެހެންކަމުން، ހިމާޔަތްކުރެވިފައިވާ ދޫންޏަކަށް ނުވަތަ އެހެންވެސް ޖަނަވާރަކަށް ގެއްލުންދިނުމަކީ ޖޫރިމަނާ ކުރެވޭނެ ކަމެކެވެ.
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
ޓޮމް ކްރޫޒް މިފަހަރު ފެނުނީ ތަފާތު ގޮތަކަށް!
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
