މާލެ އާއި ހުޅުމާލެއިން އިއްޔެ ފަސް ގަޑިއިރަށްވުރެ ގިނައިރު ކަރަންޓު ކެނޑުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނީ ޖިނާއީ ތުހުމަތެއް ކުރެވިގެން ކަމަަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލަ ބަލަމުންދަނީ ޖިނާއީ ތުހުމަތެއް ކުރެވިގެން، އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށެވެ. އަދި މިއީ އެ އިދާރާއިން އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން ކުރިއަށްގެންދާ ތަހުގީގެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، ޖިނާއީ ކަމެއް ހިނގާފައިވާކަން ފާހަގަނުކުރެވޭނަމަ، މި ތަހުގީގު ކުރިއަށް ނުގެންދާނެ ކަމަށެވެ. އަދި މި ތަހުގީގުގައި، ކަރަންޓު ކެނޑުނު ސަބަބު ދެނެގަތުމަށް މަސައްކަތްކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ސްޓެލްކޯއިން މިހާތަނަށް ކަރަންޓު ކެނޑުނު ސަބަބު ހާމަކޮށްފައި ނުވިނަމަވެސް، އެއްވެސް އިންޖީނަކަށް ނުވަތަ ޓްރާންސްފޯމަރަކަށް ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަންފަށާފައިވާއިރު، މި މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގަވާފަ އެވެ.
4،300 ޑޮލަރާއެކު އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓަކަށް ވެލާ
ހެނދުނު ނާސްތާއަށް ފަސޭހަ ދިވެހި ރަހައެއް
ބީއެލްއެލްގެ އަގުހެޔޮ ފްލެޓުތައް 2028 ގައި ދޫކުރާނެ
