މާލޭގެ މަގުމަތީގައި ވަޅިތަކަކާއި ކަނޑިތަކެއް ގެންގުޅުނު ދެ މީހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހައްޔަރުކޮށްފައިވަނީ ސ. މީދޫ، ވައިލެޓްހައުސް، މުހައްމަދު ހައިކަލް އަބްދުﷲ ޝާތިރު (21އ) އާއި ގދ. ހޯނޑެއްދޫ، ކެލާގެ، މުހައްމަދު އަރީފު (33އ) އެވެ.
ފުލުހުން ބުނީ އެ މީހުންގެ އަތުން ކަނޑިއަކާއި ވަޅިއަކާއި ސާޖިކަލް ވަޅިއެއް ފެނުނު ކަމަށާއި، ފުލުހުން ފެނުމާއެކު ސާޖިކަލް ވަޅި ބިންމައްޗަށް ވައްޓާލި ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކުރި ހައިކަލް ބުނީ، މިކަމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށާއި، އެތަނުގައި ހުރީ އަރީފް ބުނެގެން އަލިކޮށްދޭން ކަމަށެވެ. އަދި މި ތަކެތި ގެންގުޅެން ޖެހޭ އެކަށީގެންވާ ސަބަބެއް އަރީފަށް ބުނެދެވިފައި ނުވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
މީގެ ކުރިން ވެސް ކުށުގެ ރިކޯޑް އޮތް މިމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.
"ޓްރަމްޕްގެ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދު ރޯވާނެ"
އައިވީއެފް ބޭބީގެ ތަފާތެއް ހުރޭތަ؟
ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުވާންޖެހޭ ދެތިން ކަމެއް!