ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިއަދު ފުރާވަޑައިގެންފި އެވެ.
އެ މިނިސްޓްރީން ބުނީ، ޝާހިދު އިންޑިއާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅަކީ އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރްއާ ބައްދަލު ކުރައްވައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ކަންކަމާ ބެހޭ ގޮތުން މަޝްވަރާތަށް ކުރިއަށްދާނެ ކަމަށެވެ.
މިއީ މިއަހަރު ތެރޭ ޝާހިދު އިންޑިއާށް ވަޑައިގަންނަވާ ދެ ވަނަ ދަހަރެވެ،
ކެއުންތަކުގެ ފައިދާ ހަށިގަނޑަށް ކުރަނީ ތަފާތު ވަގުތުތަކުގައި!
ކަސްރަތު ކުރަން ކަންނެތް ވޭތަ؟ މިކަންކަން ކޮށްލާ!
ސަރުކާރު ޖަވާބުދާރީކުރަން އެންމެ ބުރަ މަސައްކަތްކުރަނީ ޕީއެންއެފް