ބ. ކުޑަރިކިލުގައި ހުންނަ ބާ ސޭންޑް މޯލްޑިވްސް ގެސްޓްހައުސްގައި އެންމެ މަތީ ހިދުމަތް ލިބޭ ވެލްނެސް ސެންޓަރެއް ހުޅުވައިފި އެވެ.
މިއީ ހިޖާމާ ޖެހުމާއި ސްޕޯޓްސް އިންޖަރީ އަދި ފަތްޕިލާވެލިން ބޭސް އުފައްދައިގެން އެކި ބަލިތަކަށް ކާމިޔާބު ކަމާއެކު ފަރުވާ ދެމުން އަންނަ ފުވައްމުލަކުގެ ހީލިން ޕޮއިންޓްގެ ދަށުން ހިންގާ ތަނެކެވެ.
ހީލިން ޕޮއިންޓުގެ އޮފިޝަލަކު ބުނީ ކުޑަރިކިލުގައި ވެލްނަސް ސެންޓަރެއް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ފުވައްމުލަކުން ލިބޭ ހިދުމަތްތައް އެހެން ހިސާބުތަކަށް ފުޅާކުރުން ކަމަށެވެ.
ބ. ކުޑަރިކިލުގައި ހުންނަ ބާ ސޭންޑް މޯލްޑިވްސް ގެސްޓް ހައުސްގައި ހުޅުވި ވެލްނެސް ސެންޓަރު ހުޅުވުމަށް މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން."މިއީ ފުވައްމުލަކުގައި ހުންނަ ހީލިން ޕޮއިންޓްގެ ދަށުން ހިންގާ ތަނެއް. އަދި އެތަނުން ލިބޭ ހުރިހާ ހިދުމަތްތަކެއް މިތަނުން ވެސް ލިބޭނެ،" އޭނާ ބުންޏެވެ.
ކުޑަރިކިލުގައި ހުންނަ ވެޓް ސޭންޑް ވެލްނަސް އިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ހޮޓް ސްޓޯން ޓްރީޓްމަންޓް، ހިޖާމާ، ސްޕޯޓްސް އިންޖަރީ، ފޭޝަލް ކެއާ، ސްޓީމް ބާތު އަދި ފުލްބޮޑީ ޓްރީޓްމަންޓާއި ހަށިގަނޑު އެކި ތަންތަނުގެ ރިހޭ ރިހުމަށް ފަރުވާ ދިނުން ހިމެނެ އެވެ. މިގޮތުން ބުރަކަށީގައި ރިއްސުމާއި ކަނދުރާގައި ރިއްސުން، ކަކުލުގައި ރިއްސުން ފަދަ ތަދުތައް ފިލުވައިދިނުން ހިމެނެ އެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ފުވައްމުލަކުން ލިބޭ ހިދުމަތްތައް މިތަނުން ވެސް ލިބޭނެ ގޮތް ހެދުން. އަދި ފުވައްމުލަކު ހީލިން ޕޮއިންޓަކީ ދެކުނުގެ އަތޮޅުތަކުގައި ވަރަށް މަގުބޫލް ހިދުމަތްތަކެއް ލިބޭ ތަނެއް،" ހީލިން ޕޮއިންޓްގެ އޮފިޝަލް ބުންޏެވެ.
އޭނާ ވިދާޅުވީ މިތަނުން އެކަށީގެންވާ ހެޔޮ އަގެއްގައި ހުރިހާ ހިދުމަތްތަކެއް ވެސް ލިބޭނެ އެވެ.
ބ. ކުޑަރިކިލުގައި ހުންނަ ބާ ސޭންޑް މޯލްޑިވްސް ގެސްޓް ހައުސްގައި ހުޅުވި ވެލްނެސް ސެންޓަރު.ފުވައްމުލަކުގައި ހުންނަ ހީލިން ޕޮއިންޓުން ދެވޭ ފަރުވާތަކުގެ ތެރޭގައި ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަށާއި ޑިޕްރެޝަން، ބޮލުގައި ރިއްސުން ޕައިލްސް މައްސަލަ، ގެސްޓްރައިޓިސް، ޖިންސީ ބަލިކަށިކަމަށް ދެވޭ ފަރުވާ، ހަށިގަނޑުގެ އެކި ތަންތަނަށް އަރާ ތަދު ފިލުވައިދިނުން، މައިބަދައިގެ މައްސަލަތަކަށް ހައްލު ހޯދައިދިނުން، އައްސިވުން، ހުޅުހުޅުގެ ތަދުފިލުވައިދިނުން އަދި މައިގްރޭންގެ މައްސަލަތަކަށް ދޭ ފަރުވާ ވެސް ހިމެނެ އެވެ.
ކަސްޓަމަރުންނާ ރަހުމަތްތެރި ޓީމެއް އޮތް މި ވެލްނަސް ސެންޓަރުން ލިބޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށާއި ބުކިން ހެދުމަށް 9199991 ގުޅާލުމުން ލިބޭނެ އެވެ.
ހައިކޯޓުގެ ފަޑިޔާރު ނިޔާޒުގެ މައްސަލައެއް ޖޭއެސްސީން ބަލަނީ
ދައުލަތުގެ ހަރަދު 40 ޕަސެންޓް ކުޑަކުރަން ޖެހޭ: ސިޔާމް
ކެއްކުމުގައި ދިރި ބޭނުން ކުރަންވީ ގިނަ ސަބަބުތަކެއް!