ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރެކުރި މައްސަލާގައި ހައްޔަރު ދެ މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، އާފިޔާ، އަހްމަދު އަލީ (47އ) އާއި ގދ. ތިނަދޫ، ގޯލްޑަންހައުސް، މުހައްމަދު އާދިލް (57އ) ކަމަށެވެ.
މި ދެމީހުންގެ ތެރެއިން އަހްމަދު އަލީ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި އާދިލް ހައްޔަރުކުރީ ހޮނިހިރު ދުވަހު އެވެ.
އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހީ ފަސް ދުވަހެވެ.
އެނގިފައިވާގޮތުގައި އެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރީ ރާސް މޯލްޑިވްސް ކިޔާ ކުންފުންޏަކުންނެވެ.
އެ ކުންފުންޏަކީ ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކޮށް ވިޔަފާރި ކުރާ ކުންފުންޏެކެވެ.
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އަށް އެތެރެކުރަން އުޅުނީ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އެވެ. އެތަކެތި ކަސްޓަމްސް އިން އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.
ހައުސިން ޔުނިޓުތަކުގެ ކުލި ކުޑަކުރުމުން މުއްތަލިބުގެ ނުރުހުން
މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި ދެ މީހުން ހައްޔަރުކޮށްފި
