ކުރުނބާ މޯލްޑިވްސް ރިސޯޓުގެ ބޭރުގައި އޮއްވާ ރޯވި މަސްދޯނީގެ ބައިތައް އޮޔާދާތީ ކަނޑުދަތުރުކުރާ އުޅަނދުތަކުން ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.
15 މީހުންނާ އެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ އެ ދޯނީގައި އަލިފާން ރޯވީ މިއަދު މެންދުރު ފަހު 14:55 ހާއިރު އެވެ.
މި ހާދިސާއާ ގުޅިގެން އެ ދޯނި އަޑިއަށް ދިޔުމުގެ ސަބަބުން އެ ދޯނީގައި ހުރި ބައެއް ތަކެތި އޮޔާ ދިޔަ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި އެ ތަކެތި އޮޔާ ދަނީ ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން ކަމަށާއި ދަތުރުވެރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށް ދިޔަ ސަރަހައްދުން ފެށިގެން ދެކުނަށް ކަމަށެވެ.
"ވީމާ، ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ހާއްސަކޮށް މި ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ނަމަ މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ދަންނަވަމެވެ،" އެމްއެންޑީއެފުން ބުންޏެވެ.
މި ދޯނީގައި އަލިފާން ރޯވެ ހިނގި މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ އެމީހުން މާލެ ގެނެސް ފަރުވާދެމުން ދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިހާދިސާގައި އަނިޔާވެފައި ވަނީ ދެ ދިވެއްސަކާއި ތިން ބިދޭސީއަކަށެވެ.
މި ހާދިސާ ދިމާވަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
ވީއޭއާރުގެ 'މައިކްރޮސްކޯޕިކް' ބޭނުން ކުރުން ހުއްޓާލަން ޖެހޭ
އީމާންގެ އުފަލަކީ އޭނާގެ ކުރެހުންތައް!
މާދަމާރޭ ބާއްވަނީ 2024ގެ ސްޕޯޓްސް އެވޯޑް: ކުޅިވަރު މިނިސްޓްރީ