ސަރުކާރުގެ ފަރާތުން ހުށަހެޅި ގޮތަށް، ސިނގިރޭޓަކުން ނަގާ އިމްޕޯޓް ޑިއުޓީ އަށް ރުފިޔާއިން ހަތަރު ރުފިޔާއަށް ކުޑަކުރުމަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހު 68 މެންބަރުންގެ އިއްތިފާގުން މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅި މި އިސްލާހު، ބުދަ ދުވަހު ބަލައިގަތުމަށްފަހު ދިރާސާކުރުމަށް ފޮނުވީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ. މާ ބޮޑު ދިރާސާއެއް ކުރުމެއް ނެތި، ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ފާސްކުރަން ނިންމާފަ އެވެ. އެއަށްފަހު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން މި ބިލު ވަނީ ފާސްކޮށްފަ އެވެ.
މި އިސްލާހުގެ ދަށުން ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމާއެކު، އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތައަށް ކަނޑައެޅުމަށް ވަނީ ފާސްކޮށްފަ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި ބަދަލުގެ މައިގަނޑު މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދުޅަހެޔޮ ސިއްހަތަކަށް އާންމުންނަށް އިގުތިސާދީ ގޮތުން މަގުފަހިކޮށްދިނުމެވެ. މިކަމަށް ބާރުއެޅުމުގެ ގޮތުން، ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ދުންފަތާ ދުރުވުމަށް ބޭނުންކުރާ ސިއްހީ ވަސީލަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މުޅިން މައާފުކޮށް، އާންމުންނަށް މި ތަކެތި ހެޔޮ އަގެއްގައި ލިބޭނެ މަގު ތަނަވަސްކުރުމަށް ވެސް މި ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.
ނޮވެންބަރު 2024 ގައި ސިނގިރޭޓަކުން ނަގާ ޑިއުޓީ އަށް ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެން 110 ރުފިޔާއަށް ލިބެމުންދިޔަ ސިނގިރޭޓު ފޮއްޓެއްގެ އަގު 250 ރުފިޔާއަށް އުފުލުނެވެ. މި ބަދަލާއެކު ސިނގިރޭޓުގެ ގާނޫނީ ވިޔަފާރި ދަށްވެ، ދައުލަތަށް އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ.
ެއެމެރިކާ އާއި އީރާނުގެ ފަންނީ މަޝްވަރާތައް ދޯހާގައި ފަށައިފި
ކޭޕްވާޑްގެ ރައީސް: އާޖެންޓީނާ ބަލިކުރެވިދާނެ
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާ 15 އަހަރަށް ޖަލަށް
