ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އޮޔާދިޔަ ފަތުރުވެރިޔަކު ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަހު އެވެ.
މާލެއިން ފުރައިގެން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54" އަށް، ކަނޑުމަތިން މީހަކު އޮޔާދަނިކޮށް ފެނުނީ މެންދުރުފަހު 14:26 އެހައިކަންހާއިރު އެވެ.
އެއީ ކ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ ފަތުރުވެރިއެކެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ރިސޯޓުގެ ފަރުމައްޗަށް ސްނޯކްލިންއަށް ފޭބި ގޮތަށް، އޮއިގަދަވުމުގެ ސަބަބުން ކޮންޓްރޯލުން ނެއްޓި ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް ވަނީ އޮޔާ ގޮސްފަ އެވެ.
ފުލުހުންގެ ލޯންޗަށް މި ފަތުރުވެރިޔާ ފެނުމާއެކު، ވަގުތުން އޭނާ ކަނޑުމަތިން ނަގައި ސަލާމަތްތެރިކަމުގެ ފުރަތަމަ އެހީ ވަނީ ފޯރުކޮށްދީފަ އެވެ. އަދި ފުލުހުންގެ ޓީމުން ވަނީ އޭނާ ރައްކާތެރިކަމާއެކު އަނބުރާ އޭނާ ހުރި ރިސޯޓާ ހަވާލުކޮށްފަ އެވެ.
އަހަންނަކީ ކުޑަ ކުއްޖެއް ނޫން: ޖަންކޫކް
ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމަށް ފިރުޒުލް ހަމަޖައްސައިފި
އެމެރިކާ މޮޅުވެއްޖެ ނަމަ ހަނދަށް ބޯޅައެއް ފޮނުވާނަން: ނާސާ