މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ސަރުކާރު ހިންގާ ޕާޓީގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް މިއަދު ހަމަޖައްސައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ހައްޖު ކޯޕަރޭޝަނުގެ އެންމެ އިސްވެރިޔާގެ މަގާމަށް ފިރުޒުލް އައްޔަނުކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ. މި މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރުމާ ގުޅިގެންނެވެ. ޝަކީލް ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާދެއްވާފަ އެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޝަކީލް އައްޔަނުކުރުމަށް ވެސް ރުހުންދީފަ އެވެ.
ފިރުޒުލްއަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއާ އަދި ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާއަކީ ކީރިތި ގުރުއާން ހިތުދަސް ހާފިޒެކެވެ. އޭނާއަކީ ވެރިކަންކުރާ ޕީއެންސީގެ ތަރުޖަމާނު ވެސް މެއެވެ.
ހާލާންޑްގެ ލަނޑާއެކު ނޯވޭ ގަދަ 16 އަށް
ޖޭސްމިންގެ އުފަން ދުވަސް ފާހަގަ ކުރަން ޖެހުނީ ހޮސްޕިޓަލުގައި!
ޕާކިސްތާނުގައި ތަނެއްގެ ފުރާޅު ވެއްޓި 14 ކުދިން މަރުވެއްޖެ
