ދަރިންނަށް ހަރަދު ނުދޭ ބައްޕައެއްގެ ފޮޓޯ، އއ. ރަސްދޫ ކޯޓުން ފުރަތަމަ ފަހަރަށް އާއްމުކޮށްފި އެވެ.
އެ ކޯޓުން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނަކާ އެކު އާންމުކޮށްފައި ވަނީ އދ. މަންދޫ، ނޫރަންމާގެ، މުހައްމަދު ހަބީބުގެ ފޮޓޯ އާއި ވަނަވަރެވެ. ކޯޓުން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ޝަރުއީ ކޯޓަކުން ދެއްކުމަށް އަމުރުކޮށްފައިވާ ސާބިތު ހަރަދު ގަވާއިދުން ނުދައްކާ މީހުންނަށް އަދަބުދިނުމުގެ ގޮތުންނެވެ.
ރަސްދޫ ކައުންސިލްގެ ރައީސް އަހުމަދު ވަހީދު ވިދާޅުވި ގޮތުގައި، ވަކި މުއްދަތަކަށް ވުރެ ގިނަ ދުވަސް ވަންދެން ދަރިންގެ ހަރަދަށް ފައިސާ ނުދީ ތިބޭ މީހުންގެ މައުލޫމާތު އާންމުކުރަން އެ ރަށު ކޯޓުން ނިންމީ، ފެމިލީ ކޯޓުން މީގެ ކުރިން މިފަދަ ނިންމުމެއް ނިންމާފައި އޮތުމުން އެއަށް ބިނާކޮށްފަ އެވެ.
ދަރިންނަށް ހަރަދު ނުދޭ މީހުންގެ ވަނަވަރު އާއްމުކުރުމަކީ 2018 ވަނަ އަހަރުން ފެށިގެން ފެމިލީ ކޯޓުގެ އުސޫލުތަކުގައި އޮންނަ ކަމެއް ނަމަވެސް، އާންމު ގޮތެއްގައި ކޯޓުތަކުން މި ފިޔަވަޅު މީގެ ކުރިން ބޭނުމެއް ނުކުރެ އެވެ.
ރާއްޖޭގައި ކައިވެނި ރޫޅުމަށް ފަހު ދަރިންނަށް ހަރަދު ނުދީ ފިލައިގެން އުޅޭ މައްސަލަ ވަރަށް ބޮޑުވެފައި ވާއިރު، މިގޮތަށް މައުލޫމާތު އާންމުކުރަން އެންމެ ފުރަތަމަ އަމަލީ ގޮތުން ފެށީ 2024 ވަނަ އަހަރުގެ ފަހުކޮޅު ޅ. ހިންނަވަރު ކޯޓުންނެވެ. އޭގެ ފަހުން ހދ. ކުޅުދުއްފުށީ ކޯޓުގެ އިތުރުން ފެމިލީ ކޯޓުން ވެސް ވަނީ ބައެއް މީހުންގެ ވަނަވަރު މިގޮތަށް ހާމަކުރަން ފަށާފަ އެވެ.
"ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު އެމްއައިބީ އަދި އެލައިޑަށް
ޓޭލާއާއި ޓްރެވިސްގެ ކައިވެންޏަށް ސިފައިން ނެރެފި
ޖިމްއަށް ދާން ފެށި ފަހުން ދަތްތައް ހަލާކު ވަނީތަ؟ މިއޮތީ ސަބަބު!