ޕޮޕް ސުޕަސްޓާ ޓޭލާ ސްވިފްޓް އަދި އެމެރިކަން ފުޓްބޯޅަ ކުޅުންތެރިޔާ ޓްރެވިސް ކެލްސީގެ ކައިވެނީގެ ބޮޑު ހަފްލާގައި ޓޭލާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ބްލޭކް ލައިވްލީއާއި އޭނާގެ ފިރިމީހާ ރަޔަން ރެނޮލްޑްސް ބައިވެރިނުވެ ދުރުގައި ތިބުމުން، ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓިއްޖެ އެވެ.
އެއްްޒަމާނެއްގައި އެންމެ ގާތް އެކުވެރިންގެ ގޮތުގައި ފެނުނު ޓޭލާ އާއި ބްލޭކްގެ ގުޅުމަށް ބޮޑު ރޫޅުމެއް އައިސްފައިވާ ކަމުގެ އަޑުތައް ގަ ދަވެފައިވަނިކޮށް ޓޭލާގެ ކައިވެނިން ބްލޭކް ނުފެނުމުން އެ އަޑުތަކަށް ވަނީ އިތުރު ބާރެއް ލިބިފަ އެވެ.
ޓޭލާ އަދި ޓްރެވިސްގެ ކައިވެނީގެ ރަސްމިއްޔާތުތައް ނިއު ޔޯކް ސިޓީގެ މަޝްހޫރު މެޑިސަން ސްކޮއަރ ގާޑްންގައި ޖުލައި 3 ވަނަ ދުވަހު ބާއްވާފައިވާއިރު ހޮލީވުޑްގެ ގިނަ އަދަދެއްގެ އޭ-ލިސްޓް ތަރިން މި ހަފްލާއިން ފެނިގެންދިޔަ އެވެ.
ނަމަވެސް، މި ހަފްލާ ކުރިއަށްދިޔަ ވަގުތު ބްލޭކް އާއި ރަޔަން ތިބީ ނިއު ޔޯކްގެ ލޭކް ޕްލެސިޑްގަ އެވެ. އެމީހުންގެ ހަ އަހަރުގެ ދަރިފުޅު ބެޓީ ބައިވެރިވި އަސް ދުއްވުމުގެ މުބާރާތަކަށް ހިތްވަރުދޭން އެ ދެމަފިރިން މުޅި އާއިލާއާއެކު އެ ރަށުގައި ވަގުތު ހޭދަކުރަނިކޮށް މީޑިއާތަކަށް ވަނީ ފެނިފަ އެވެ.
މި ދެ އެކުވެރިންގެ މެދުގައި މައްސަލަ ޖެހެން މެދުވެރިވީ ބްލޭކް ލައިވްލީގެ ފިލްމު 'އިޓް އެންޑްސް ވިތު އަސް'ގެ ޑައިރެކްޓަރު އަދި ކޯ-ސްޓާރު ޖަސްޓިން ބަލްޑޯނީއާއެކު ހިނގި ގާނޫނީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ޓޭލާ ސްވިފްޓްގެ ނަން ވެއްދުމުންނެވެ.
ބްލޭކް ވަނީ ޖަސްޓިންގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރުމުގެ ދައުވާ ކޮށްފަ އެވެ. އަދި މި މައްސަލައިގެ ކޯޓު ލިޔެކިޔުންތައް ހާމަވިއިރު، ޓޭލާ އާއި ބްލޭކް ބަދަ ލުކޮށްފައިވާ އަމިއްލަ މެސެޖުތަކެއްވެސް އާންމުވި އެވެ.
ރިޕޯޓުތައް ބުނާގޮތުން، މި މައްސަލައިގެ ތެރެއަށް ޓޭލާ ވައްދައި، އޭނާގެ އަމިއްލަ މެސެޖުތައް ކޯޓު މެދުވެރިކޮށް އާންމުވުމުން ޓޭލާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އޭނާގެ އަމިއްލަ ސިއްރުތައް ނިގުޅައިގަނެވުނު ކަމުގެ އިހުސާސް ޓޭލާއަށް ކުރެވުނެވެ.
މީގެ އިތުރުން، ބްލޭކް ބޭނުންވީ މި މައްސަލައިގައި ޓޭލާ އާންމުކޮށް އޭނާއަށް ސަޕޯޓު ކުރުމަށެވެ. ނަމަވެސް ޓޭލާ ނިންމީ މި ގާނޫނީ ހަނގުރާމައިން ދުރުގައި ހުރުމަށެވެ. މިއާއެކު ދެމީހުންގެ ދެމެދުގައި އޮތް ގާތް އެކުވެރިކަން މުޅިން ހީނަރުވި އެވެ.
މީގެ ކުރިން މި ދެ ތަރިންނަކީ ކޮންމެ ތަނަކުންވެސް އެކީގައި ފެންނަ، އެކަކު އަނެކަކަށް ވަރަށް ބޮޑަށް ސަޕޯޓުކުރި ދެމީހުންނެވެ. ބްލޭކްގެ ހަތަރު ކުދިންގެ ތެރެއިން ތިން ކުއްޖެއްގެ ބެލެނިވެރިޔަކީ އަކީވެސް ޓޭލާ އެވެ. ޓޭލާގެ ބައެއް ލަވަތަކަށް ބްލޭކްގެ ކުދިންގެ ނަންތައް ކަމަށްވާ ބެޓީ އަދި އިނޭޒްގެ ނަމުން ނަން ދީފައިވެސްވެ އެވެ. ނަމަވެސް މި މައްސަލައަށްފަހު، ޓޭލާގެ ކައިވެނީގެ ދަޢުވަތުވެސް ބްލޭކްއަށް ފޮނުވާފައެއް ނުވެ އެވެ.
އާންމުވި މަޢުލޫމާތުތަކަށް ބަލާއިރު، ބްލޭކްއަށް ކައިވެނީގެ ދައުވަތު ނުލިބޭނެކަން އޭނާއަށް ކުރިންވެސް އެނގެ އެވެ. އަދި އޭނާ ދިޔަނަމަ މީޑިއާގެ ސަމާލުކަން ކައިވެނީގެ ބަދަލުގައި އެމީހުންގެ މައްސަލައަށް ހުއްޓޭނެތީ، ދުރުގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބްލޭކްވެސް ގަބޫލުކުރެ އެވެ.
މި ބޮޑު ކައިވެނީގެ ހަފްލާގައި ސެލީނާ ގޯމޭޒް، ބްރެޑްލީ ކޫޕަރ، ޖީޖީ ހަދީދް، އެޑް ޝީރަން އަދި އެޑަމް ސޭންޑްލާ ފަދަ ހޮލީވުޑްގެ އެތައް ތަރިންނެއް ބައިވެރިވިއިރު، އެންމެ ކުރީ ސަފުން ފެންނާނެ ކަމަށް އުންމީދުކުރި ބްލޭކް ލައިވްލީ ނެތުމުން، މިއީ ހޮލީވުޑްގެ އެންމެ ވަރުގަދަ އެއް އެކުވެރިކަން ރޫޅިއްޖެކަމުގެ ސާފު ހެއްކެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ޝޭމްޕޫ އަދި ކޮންޑިޝަނާގެ މަސައްކަތް މުޅިން ތަފާތު!
ެިވިކީ 12 ކިލޯ ބަރުވުމަށްފަހު 15 ކިލޯ ހިއްކާލައިފި
ކޮފީއިން ފުރަމޭގެ ބަލިތައް ދުރު ކޮށްދޭ: ދިރާސާ