ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށާއި ފިނިޝިންގެ މަސައްކަތް ނިންމާ މުއްދަތު އިތުރު ކުރުމަށް ގޮވާލާ ތައްޔާރުކުރި ޕެޓިޝަން ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.
މިޕެޓިޝަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވަނި ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުން ތަމްސީލު ކުރާ "ހިޔާ ފެލްޓު ޔޫނިއަން"ގެ ފަރާތުނެވެ.
މި ޕެޓިޝަނުގައި ވަނީ 2،177 ފަރާތަކުން ސޮއިކޮށްފަ އެވެ.
މިޕެޓިޝަނުގައި ވަނީ ހިޔާ ފްލެޓް ކުލި ކުޑަ ކުރުމަށާއި ހިޔާ ޕްލެޓް ފިނިޝިންގެ މަސައްކަތް ކުރުމުގެ މުއްދަތު އިތުރު ކުރުމަށާއި ޖޫން މަސް ނިމުމުގެ ކުރިން ހިޔާ ފްލެޓްތަކަށ ވަދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ގޮވާލާފަ އެވެ.
މިކަމުގައި އިސްކޮން އުޅޭ ފަރާތުން ބުނީ ހިޔާ ފްލެޓް ލިބުނު ގިނަ ބައެއްގެ ދިގުދެމިގެންދާ އިންތިޒާރަށް އުފާވެރި ނިމުމެއް ގެނެސް ދެއްވާތޯ ރައީސުލް ޖުމްހޫރިއްޔާ އަދި ކަމާއި ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ތައްޔާރުކުރި ޕެޓިޝަނުގެ އަސްލު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ރައީސް އުފައްދަވާފައިވާ ފްލެޓް ކޮމެޓީ އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަދި ހައުސިންގް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އާއި މާލެސިޓީ ކައުންސިލް އަށް ވަނީފޮނުވާފައިވާ ކަމަށެވެ.
މި ޕެޓިޝަނަކީ ދައުލަތުގެ ކަމާއި ގުޅޭ ވުޒާރާތަކުގައި ފްލެޓް ލިބުނު ފަރާތްތަކުން ދަންނަވާ އާދޭސްތަކެއްގެ މައްޗަށް ބިނާކޮށް ޖުމްލަ ފަސް ނުކުތާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕެޓިޝަނެކެވެ.
ހިޔާ ފްލެޓް ޔޫނިއަންއިން ބުނީ މިޕެޓިޝަނުން ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކުން މިކަމުގައި ރަނގަޅު ނިންމުންތަކެއް ނިންމާ އެފަރާތްތައް ހިތްހަމަޖެހޭނެ ޖަވާބެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެފަރާތުން ބުނެ އެވެ.
ޞެެރު ބީރު ސަރުކާރެއް އަޱެއް ނުއިވެނެ
ޢިތްޒައްތެރި ރައީސްލުޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިހްލާސްތެރި މިނިސްޓަރެއް ނޫން އަސްލަމަކީ. ދޮގު ބުހުތާނު މައުލޫމާތު ދެއްވަނީ މިއަސްލަމަކީ ވާތުފިޔާގެ ޖެންސުންކުރާ މީހެއް؟