ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ބޭއްވުމަށް ހެލްތު މިނިސްޓްރީއާއެކު މަޝްވަރާ ކުރަން ނިންމައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެޗްޕީއޭއިން ގިނަ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވާތީ މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކާބެހޭ މަޝްވަރާތައް ވެސް ކުރިއަށްދާ ކަމަށް އިވާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކަމުގައި ހެލްތު މިނިސްޓްރީއާ މަޝްވަރާ ކުރާނަން. އަޅުގަނޑުމެން ގޮތެއް ނިންމާނީ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށް ލަފާ ހޯދާފައި،" އޭނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ހާލަތު ގޯސްވުމުން ސަރުކާރު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް ބާއްވަމުން ދިޔައީ އޮންލައިންކޮށެވެ. އެންމެ ފުރަތަމަ ރާއްޖޭން ކޮވިޑްގެ ބަލި ފެނިގެން މުޅި ރާއްޖެ ފުރަބަންދުކޮށް މާލޭގައި 24 ގަޑިއިރު ކާފިއު ހިންގި ދުވަސްވަރު ވެސް މަޖިލީހުގެ ޖަލްސާތައް ބޭއްވީ އޮންލައިންކޮށެވެ.
ޔޫރޭނިއަމްއާ ގުޅުވައި ޓްރަމްޕް ހެދި ބޮޑު ދޮގަށް އީރާނުގެ ރައްދު
ޝިޔާމަށް ފުލުހުންގެ ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމްކޮށްފި
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
