ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ މަދުން ވެކްސިން ޖަހާފައި ވަނީ ގއ. ދާންދޫގައި. އެ ރަށުން ވެކްސިން ފުރިހަމަކޮށްފައި ވަނީ ވެކްސިން ޖެހޭ އާބާދީގެ 13 ފަސެންޓް މީހުން.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ވެކްސިން ޕްރޮގްރާމްގެ ދަށުން 90 އިންސައްތައިން މަތިން ޖަހާފައި ވަނީ 29 ރަށެއްގައި ހެލްތް މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކައިފި އެވެ.

ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ކޮވިޑު ވެކްސިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިން ޖެހޭ އާބާދީގެ އެންމެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައި ވަނީ އއ. މަތިވެރިންނާއި ވ. ރަކީދޫއިންނެވެ. އެ ދެ ރަށުން ވަނީ ވެކްސިން ޖެހޭ އާބާދީގެ 99 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފަ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ މަދުން ވެކްސިން ޖަހާފައި ވަނީ ގއ. ދާންދޫގަ އެވެ. އެރަށުން ވެކްސިން ފުރިހަމަކޮށްފައި ވަނީ ވެކްސިން ޖެހޭ އާބާދީގެ 13 ފަސެންޓް މީހުންނެވެ.

ކޮވިޑް ވެކްސިން ޖަހާ އާބާދީގެ 90 ޕަސެންޓަށް ވުރެ މަތިން ޖަހާފައި ވަނީ ބ. އަތޮޅުގެ ރަށްތަކުންނެވެ. އެގޮތުން ބ. އަތޮޅު 8 ރަށަކުން 90 ޕަސެންޓަށް ވުރެ މަތިން ކޮވިޑް ވެކްސިން ވަނީ ފުރިހަމަ ކޮށްފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަމުން ދާއިރު ވެކްސިން ޖެހޭ އާބާދީގެ 65 ފަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިނުވަނީ 56 ރަށެއްގަ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މީހުން ދިރިއުޅޭ 185 ރަށުގެ ތެރެއިން ކޮވިޑް ވެކްސިން ޕްރޮގްރާމް އެންމެ ކާމިޔާބުކަމާއެކު ހިންގަނީ އއ. އަތޮޅާއި އދ އަތޮޅުގެ އިތުރުން ވ. އަތޮޅާއި ގއ. އަތޮޅުގެ ރަށްރަށުގަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއިން މިހާތަނަށް 274،949 މީހަކު ވަނީ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. އަދި 325،060 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް މިދިޔަ މަހުގެ 31 ވަނަ ދުވަހު އަލުން ފަށާފައިވާއިރު ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ 27 ފަސެންޓް މީހުން ވެކްސިން ފުރިހަމަ ނުކުރާ ކަމަށް އެޗްޕީއޭއިން ދާދިފަހުން ވަނީ ބުނެފަ އެވެ. އެހެންކަމުން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކުން މިހާރު ލިބުނު ފުރުސަތުގައި ވެކްސިން ފުރިހަމަކުރުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ އިލްތިމާސްކުރަމުންނެވެ. އެގޮތުން ސަރުކާރުން ކުރިއަށްގެންދާ ވެކްސިންގެ ބޮޑު ކެމްޕޭނަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދެއްވުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.