ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު ދިވެއްސަކު މިއަދު ނިއާވެއްޖެ އެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން ނިއާވި 223 ވަނަ މީހާ އެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނަކު މިއަދު މެންދުރު 11:20 ގައި ނިއާވެފައިވާ ކަމަށެވެ.

ކޮވިޑް ބަލީގައި ރާއްޖެ އިން އެންމެ ފަހުން މީހަކު ނިއާވެފައި ވަނީ މީގެ 18 ދުވަސް ކުރިން މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެއީ ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 94 އަހަރުގެ މީހެކެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ނިއާވެފަ އެވެ. އެ މީހާ ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައިވެ އެވެ.