ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ބައިވެރިވުމަށް އެމެރިކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް ސޯލިހު އެމެރިކާއަށް ކުރައްވާ ދަތުރުފުޅު ހަފްތާ ބަންދުގައި ފައްޓަވާއިރު، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެމަނިކުފާނު އެމަޖިލީހުގައި ތަގްރީރުކުރައްވާނީ ބަހުސްގެ ފުރަތަމަ ދުވަހުއެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރު މާދަމާ ފެށިގެންދާއިރު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީކޮށް މަގާމާއި ހަވާލުވެވަޑައިގެންނަވާނެ އެވެ.

ރައީސް ސޯލިހު ވެރިކަމާއި ހަވާލުވުމަށް ފަހު މިއީ އެމަނިކުފާނު އދ. ގައި ތަގުރީރު ކުރައްވާ ދެ ވަނަ ފަހަރެވެ.