ރާއްޖެއިން އިތުރު 79 މީހަކު ކޮވިޑަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،983 ސާމްޕަލް ޓެސްޓްކޮށްފައިވާއިރު، އޭގެ ތެރެއިން 79 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ސަރަހައްދުން 26 މީހުންނާއި، އެކި ރަށްރަށުން 42 މީހުންނާއި ރިސޯޓުތަކުން 11 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންއާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 83،655 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،609 މީހުންނެވެ. މިހާތަނަށް 81،804 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 23 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 229 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.