އިންޑިއާގެ ޕޫނާގައި ކުރިއަށް ދިޔަ ތަމްރީނެއް ފުރިހަމަ ކުރަނިކޮށް މަރުވި އެމްއެންޑީއެފް ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން އިބްރާހީމް 22، ގެ ކުއްލި މަރު ތަހުގީގުކުރުމަށް ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަން އިންޑިއާގެ ނެޝަނަލް ޑިފެންސް އެކެޑެމީ (އެންޑީއޭ)އިން ބުނެފި އެވެ.

ސުލްތާން ތަމްރީން ފުރިހަމަ ކުރަމުން ގެންދިޔައީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށްގެންދިޔަ ފިޒިކަލް ޓްރޭނިންއެއްގެ ތެރެއިން ސުލްތާން ވެއްޓުނީ ކަމަށެވެ. އަދި ސުލްތާން ވެއްޓުމުން ވަގުތުން އޭނާއަށް އެޓެންޑް ވެފައިވާ ކަމަށް ވެސް އެންޑީއޭ އިން ބުންޏެވެ.

ސުލްތާން މަރުވުމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް އިންކުއަރީއެއް ހެދުމަށް ނިންމާފައިވާ ކަމަށާއި ސުލްތާން މަރުވި ސީދާ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ވެސް ނިންމާފައިވާ ކަމަށް ވެސް އެންޑީއޭއިން ބުނެ އެވެ.

ސުލްތާންގެ މަރާގުޅިގެން ޕޫނޭ ސިޓީ ޕޮލިސްގެ ޑެޕިއުޓީ ކޮމިޝަނަރު އާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައިވާގޮތުގައި، ފިޒިކަލް ޓެރޭނިންގެ ތެރެއިން ސުލްތާން ވެއްޓުމާއެކު ވަގުތުން އޭނާ ވަނީ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މީގެ އިތުރުން ބަޔާނުގައި ބުނީ ސުލްތާން ރާއްޖެ ގެނައުމަށް ހުރިހާ ކަމެއް ހަމަޖައްސާފައިވާ ކަމަށާއި އަދި ރާއްޖެ ގެންނާނީ އެކަމާ ގުޅޭ އަސްކަރީ އިއްޒަތުގައި ކަމަށެވެ.

މިކަމާ ގުޅިގެން ޕޫނާގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޕޮނިމާ ގައިކްވަޑް އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު ސުލްތާންގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އިންޑިއާގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން މަރު ތަހުގީގުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުލްތާން ސިފައިންގެ ހިދުމަތާ ގުޅުނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު އެވެ.

އޭނާ ފުރިހަމަކުރަމުން ދިޔައީ މިއަހަރުގެ މާޗް އެއް ވަނަ ދުވަހުން ފެށިގެން މާޗް 15، 2014 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސާ ކެޑޭޓް ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން އޭނާ މަސައްކަތް ކުރަމުން ދިޔައީ އިންޓަގްރޭޓެޑް ހެޑްކްއާޓާޒް (ޖޭ-1)ގަ އެވެ.

އޭނާއަށް ލާންސް ކޯޕްރަލްކަމުގެ ރޭންކް ލިބިފައި ވަނީ މި ކޯސް ފުރިހަމަ ކުރަމުންދަނިކޮށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.