މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި އަލަށް އުފައްދާފައިވާ ޕާޓީއަށް ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފިއެވެ.
މިގޮތުން އިލެކްޝަނުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، އެމްއެންޕީން ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 ސައްހަ ފޯމު އެ ކޮމިޝަނަށް ހުށަހަޅާފައިވާތީ އެ ޕާޓީއަށް، ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުންތައް ބޭއްވުމަށް ހުއްދަ ދޭ ކަމަށެވެ.
ސައްހަ 3،000 މެމްބަރުންގެ ސޮޔާއެކުގައި އިލެކްޝަންސް ކޮމިޝަންގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭއިރު، އެމްއެންޕީން ވަނީ ރަޖިސްޓްރީ ކުރެވޭ މެމްބަރުންގެ އަދަދަށް ވުރެ ވެސް ގިނަ މެމްބަރުންނާއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.
މިގޮތުން ޕާޓީ ހިންގުމަށް ހުއްދަ ދިންތާ އެންމެ ދެމަހުގެ ތެރޭގައި އެޕާޓީން ވަނީ 5،000 މެމްބަރުންގެ ސޮއާއިއެކު ރަޖިސްޓަރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަަހަޅާފަ އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުމަށް އަމާޒުކުރާކަމަށް ކާނަލް މުހައްމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
މިގޮތުން ކާނަލް ނާޒިމާއި، ތިމަރަފުށީ ދާއިރާގެ ރިޔާޒްގެ އިތުރުން މުހައްމަދު ނަޝީދު އާއި އަބްދުލް މުހުސިން ހަމީދު އިސްވެ ހުންނަވައިގެން އެމްއެންޕީ އުފެއްދުމަށް އިލެކްޝަނަށް ހުށަހަޅާފައި ވަނީ މަސްއޫލުވެރިއެއްގެ ގޮތުގައި ހުންނަވައިގެން ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އެވެ. މި ޕާޓީ ހިންގުމަށް ހުއްދަ ދީފައި ވަނީ މިއަހަރު ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.
ބީއެންޕީ އަށް މަރުހަބާ
އެމްއެންޕީ އުފެއްދުމާއި އެކު އެއީ ކޮޕީ ޕޭސްޓް އުސޫލުން ހިންގާ ޕާރޓީ އަކަށް ވެގެން ނުވާނެއޭ ރާއްޖޭގެ ހުރިހާ މައްސަލަ އަކީ އެއީ ސިޔާސީ މީހުންނަށް ހަމައެކަނި ރާއްޖެތެރެ ފެންނާތީއޭ ހަގީގީ މައްސަލަ އޮތީ މާލޭ ގައޭ މާލޭގައި ހުރި މައްސަލަ ތަކަށް ހައްލު ނުގެނެސް ރާއްޖެތެރޭގައި ހުރި މައްސަލަ ތަކަށް ހައްލެއް ނާންނާނެއޭ މާލެ ސަަރަހައްދުން މަހަކު 1000 އަކަމީޓަރުގެ 5 ހާސް ގޯތި ދެވެން ފަށާ ދުވަސް އެއީ ރާްއްޖޭގައި ހުރި ހުރިހާ މައްސަލަ ތަކަށް ހައްލު ލިބޭނެ ދުވަހޭ ކޮބާތޭ އެމްއެންޕީގެ އިކޮން ޕޮލިސީ އަކީ..
އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކަމިޝަނުން ދީފިނަމަ މަމެން އުއްމީދު ކުރަމޭ ދެން ފަރުދާގެ ފުރަގަހަތުން އުމަރު ނަސީރު އާއި އެމްއެންޕީ އާއި އެކު ޑީލެއް ހަދާނޭ ކަމަށް އެ ޑީލް އަކީ އެއީ އުމަރު ނަސީރު ޖެހޭނީ 50 ހާސް މީހުންގެ ވޯޓް ޙޯދައިގެން އައިސް އެމްއެންޕީއާއި ގުޅެން 2023 ގެ ރިޔާސީ ރޭސް ފެށުމުގެ ކުރިން އެއިރުން އެމްއެންޕީ އަށް ވަރުގަދަ ފައިޓެއް ދެވޭނެއޭ 2023 ގެ ރިޔާސީ އިންތިޚާބުގައި އެކަންވާނެއޭ ސީދާ ރައްޔިތުންނަށް ހުޅުވާލައިގެން ހަމަ އެކަނި މާލޭ ސަރަހައްދުގައި ރައްޔިތު ބައްދަލުވުން
އެމްއެެންޕީ އުފެއްދުމަށް އީސީން ހުއްދަ ދީފިނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ދެން ރާއްޖޭގެ ސިޔާސީ ސްޓޮކް އެކްސްޗޭންޖް ގައި ޝެއަރ ވެލިއު މަތިވާނީ ޕީޕީއެމް އާއި އެމްއެންޕީ ދެން އުމަރު ނަސީރުގެއޭ އެމްޑީޕީ ދާނީ ދަށަށް ޖޭޕީ ދަށަށް ގޮސް އެމެންގެ ޝެއަރ އެމެން އެކްސްޗޭންޖުން ނަގާނެއޭ ލަފާކުރެވޭ ގޮތުގަިއ އުމަރު ނަސީރު އެމްއެންޕީއާއި ގުޅި އެމްއެންޕީން ނެރޭ ރިޔާސީ ކެންޑިޑޭޓަކީ އުމަރު ނަސީރު އަދި ނައިބް ރައީސް އަކީ އެއީ ނާޒިމް ކަމުގައި ވެގެން ދާނެއޭ އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑާއި