ރާއްޖެއިން މިއަދު ވެސް އިތުރު 71 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޓެސްޓް ކުރި 5،668 ތެރެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 71 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 22 މީހުންނާއި އެކި ރަށްރަށުން 45 މީހުންނާއި ރިސޯޓުތަކުން ހަތަރު މީހުންނެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 85،042 މީހުންނަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،505 މީހުންނެވެ. މިހާތަނަށް 83،293 މީހުން ވަނީ ކޮވިޑުން ރަގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 18 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިބަލީގައި މިހާތަނަށް 231 މީހުން ރާއްޖޭގައި ވަނީ މަރުވެފަ އެވެ.