ފަސް މީހުންނާއެކު ދަތުރުކުރި ސަޕްލައި ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފްއިން ބުނީ ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް، ޅ.އަލިގާގެ ހުޅަނގުން ހަތަރު ނޯޓިކަލް މޭލު ބޭރުން އަޑިއަށް ގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ފަތިހު 6:00 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.
މިހާދިސާއާ ބޭހޭ އިތުރު މައުލޫމާތެއް އަދި އެމްއެންޑީއެފްއިން ހާމައެއް ނުކުރެ އެވެ.
މިދުވަސް ވަރަކީ ރާއްޖެއަށް އާދަޔާހިލާފަށް ވައިގަދަ ދުވަސްވަރެކެވެ. އަދި މިދިޔަ ހަފްތާގައި ވެސް ކަނޑުމަތީގައި ވަނީ ނުރައްކާތެރި ހާދިސާއެއް ހިނގައި އެކަކު މަރުވެފަ އެވެ.
ވައިޑް ބޮޑީ އެއާކްރާފްޓުގައި 67،000 ފަސިންޖަރުން އުފުލައިފި
އެމެރިކާ މޮޅުވެއްޖެ ނަމަ ހަނދަށް ބޯޅައެއް ފޮނުވާނަން: ނާސާ
އީސީއަށް އައްޔަނުކުރި ޝަކީލަށް މަޖިލީހުން ރުހުން ދީފި