މާލޭގައި ދިވެހި ފިރިހެނެއް ބަރަހަނާކޮށް އޭނާ އަތުން ބްލެކްމެއިލްކޮށްގެން ފައިސާ އަތުލަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި ތިން މީހުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މާލޭގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ބްލެކް މެއިލްކޮށް، ބިރުދައްކައި ބަރަހަނާކޮށް ވީޑިއޯކޮށް ފައިސާ ހޯދަން އުޅުނު ކަމުގެ މައްސަލަ ރޭ މެންދަމު 3:49 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 24 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވުމާއި ގުޅިގެން އެ ތިން މީހުން ވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލި ނަމަވެސް މި މައްސަލަ އިތުރަށް ތަހްގީގުކޮށް ބަލަމުން ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.