އިތުރު 118 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޓެސްޓްކުރި 3،349 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 118 މީހުންނެވެ. އެއި މާލެ ސަރައްހަދުން 35 މީހުންނާއި އަތޮޅުތަކުން 70 މީހުންނާއި ރިސޯޓުތަކުން 13 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 90،117 އަށް އަރާފަ އެވެ
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،154 މީހުންނެވެ. މިހާތަނަށް 87،703 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ދިހަ މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
މިއަދާ ހަމައަށް 247 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.
މޭޒުދޮށު ވަޒީފާއެއްގައި އުޅޭނަމަ މިކަންކަމަށް ސަމާލުވޭ!
ކަސްރަތު ކުރަން ކަންނެތް ވޭތަ؟ މިކަންކަން ކޮށްލާ!
ވިއްސާރާގައި ލަންކާއިން 56 މަރު، ސަރުކާރު ބަންދުކޮށްފި
