ދިވެހި ސިފައިންނާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނަކަށް އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖެއަށް އައިސްފި އެވެ.
މާދަމާ ފެށުމަށް ހަމަޖެހިފައިވާ "އެކްސަސައިޒް އެކުވެރިން"ގެ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އިންޑިއާ ސިފައިން ރާއްޖެއަށް އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައި އެވެ.
މިތަމްރީން ޕްރޮގްރާމްތައް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
"އެކްސަސައިޒް އެކުވެރިން" ތަމްރީނުގައި ރާއްޖެއާއި އިންޑިއާގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ޓެރަރިޒަމާ ގުޅޭ އޮޕަރޭޝަންތައް ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމާއި ތަޖުރިބާ ހިއްސާކުރުން ކުރިއަށް ގެންދާނެ އެވެ.
މި ތަމްރީނު ޕްރޮގްރާމާ ގުޅޭ ބައެއް މައުލޫމާތު އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވީ ނަމަވެސް ދިވެހި އަސްކަރިއްޔާ އިން މިކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
މިއީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ތަމްރީނު ޕްރޮގްރާމެކެވެ.
ދިވެހި ސިފައިންނާއި އިންޑިއާގެ ސިފައިން ގުޅިގެން މީގެ ކުރިންވެސް ވަނީ ތަފާތު ހަރަކާތްތައް ހިންގާފަ އެވެ. އެގޮތުން އިންޑިއާ، ދިވެހިރާއްޖެ އަދި ސްރީލަންކާ ހިމެނޭ ގޮތަށް މިދިޔަ މަހުގެ ތެރޭގައި ވެސް އަސްކަރީ ތަމްރީންތަކެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފަ އެވެ.
އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ
ރާއްޖޭގައި ހިނގާ ރަސްމީ ކަންކަމުގެ ޚަބަރު ރާއްޖޭގެ ނޫސްތަކަށް ނުލިބި ބޭރުގެ ނޫސްތަކުން ފެނުމަކީ ސަރުކާރުން ރައްޔިތުންނަށް ބަރާބަރަށް މައުލޫމާތު ދެމުން ނުގެންދާކަމުގެ ހެކި. ކަންކަން ފޮރުވުމަކީ އިޙުލާސްތެރިންގެ ސިފައެއްނޫން.